މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

 

ރ.ވާދޫ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

 

ވާދޫ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)299/299/2023/37 (04 ސެޕްޓެމްބަރ 2023) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2023 އޮކްޓޯބަރ 25 ވަނަ ދުވަހުން ފެށިގެން 2023 ނޮވެމްބަރ 02 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް) ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓު ކުރެވޭނީ، ރަޖިސްޓްރޭޝަން ޝީޓު ފުރިހަމަކޮށް، ވިޔަފާރި/ކުންފުނީގެ ރަޖިސްޓްރީއާއިއެކު ހުށަހެޅުމުންނެވެ. ނަންނޯޓުކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

 މި މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2023 ނޮވެމްބަރ 02 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 01:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި 2023 ނޮވެމްބަރ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައި 2023 ނޮވެމްބަރ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ.

 

އަދި ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި މި ފޯމު އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ.

 

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

24 އޮކްޓޫބަރު 2023
ހޯދާ