މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގައި ބޭނުންކޮށްފައިވާ ބައު ވެހިކަލް ނީލަން ކިޔުމާއި ގުޅޭ

         މި އޮފީހުގެ  ނަންބަރ (IUL) 14-A4/1/2023/64 (28   އޮގަސްޓް   2023)     އަދި  (IUL) 14-A4/1/2023/72 (18 ސެޕްޓެމްބަރ 2023( އިއުލާނާއި ގުޅިގެން ބޭއްވުނު ދެނީލަމުގައިވެސް އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ، މިތަކެތި އަލުން ނީލަން ކިޔުން 05 ނޮވެންބަރ 2023 އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ހުޅުމާލެ ކަސްޓަމްސް ބޮންޑެޑް ވެއަރ ހައުސް ގައި އޮންނާނެވެ. އަދި ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

         ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު، ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

         ނީލަން ކާމިޔާބުކުރާ ފަރާތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

         ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން 05 ނޮވެންބަރ 2023  ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުމާލެ ކަސްޓަމްސް ބޮންޑެޑް ވެއަރ ހައުސް އަށް ހާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

 

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2023
ހޯދާ