ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "މަސް ރޭސް 2023" އިންތިޒާމް ކުރާނެ ކްލަބް/ޖަމްއިއްޔާއެއް ހޯދަން ބޭނުން ވެއްޖެ

2023 ވަނަ އަހަރު މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ "މަސްރޭސް 2023" 25،000.00ރ (ފަންސަވީސް ހާސް) ރުފިޔާ ގެ ބަޖެޓެއް ކަނޑައަޅައި އައުޓްސޯސް ކުރުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 123 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ކްލަބް/ޖަމްއިއްޔާތަކުން 2023 އޮކްޓޯބަރ 30 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ އީ މެއިލް އެޑްރެސް [email protected] އަށް، އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުވުއްމަށްފަހު އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެ ކިއުންތައް، ސޮފްޓް ކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެ އެވެ. މި އިއުލާނާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 އޮކްޓޯބަރ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަތީގައި ދެންނެވުނު މެއިލް އެޑްރަށް މެއިލް ކޮށް ދެއްވުން އެދެމެވެ. މި މެއިލް ތަކުގެ ޖަވާބު 2023 އޮކްޓޯބަރ 29 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

ޕްރޮޕޯސަލް ބަލައިގަތުން އޮންނާއި 2023 ނޮވެމްބަރ 5 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ދެންނެވުނު ގަޑިއަށް ޕްރޮޕޯސަލް ހުށަހަޅަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކާއި، އީމެއިލް މެދުވެރިކޮށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުގައި، އެންމެ މަތީ މާރކްސް ލިބޭ ޕްރޮޕޯސަލް، ހުށަހެޅި ފަރާތާއިއެކު އެއްބަސްވުން ހެދިގެން މުބާރާތް އިންތިޒާމްކޮށް ހިންގުމަށް ރޭވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

އިތުރު މަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: [email protected]

 

 

23 އޮކްޓޯބަރ 2023

23 އޮކްޓޫބަރު 2023
ހޯދާ