ކ.ހިންމަފުށީ ސިއްޙީ މަރުކަޒް
ދިވެހިރާއްޖެ
ރިޝެޕްޝަނިސްޓް

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

މަޤާމް

ރިޝެޕްޝަނިސްޓް

ބޭނުންވާ އަދަދު

3 (ތިނެއް)

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް 3

މަޤާމުގެ ބާވަތް

ދާއިމީ

މަޤާމް ނަންބަރު:

   

އޮފީސް

ހިންމަފުށީ ޞިއްޙީ މަރުކަޒު

ސެކްޝަން:

އެޑްމިން

ރަށް

ކ. ހިންމަފުށި

އަސާސީ މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

އިތުރުގަޑީ ފައިސާ

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 މަޤާމުގެ ޝަރުޠު

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޢެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދައިން ދަށްވެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދައިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- މަރުކަޒަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދާރީވުން.

- މަރުކަޒަށް ޚިދުމަތް ލިބިގަންނަން އަންނަ މީހުންނާއި، އެހެނިހެން ކަންކަމުގައި އަންނަމީހުންނަށް ޖަވާބުދާރީވުން.

- ނުރަސްމީ ގަޑިތަކުގައި ފައިސާ ބަލައިގަތުމާއި، އެ ފައިސާ ރައްކާތެރިކަމާއެކު ކޭޝިއަރާ ހަވާލުކުރުން.

- ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށާއި، ޞިއްޙީ މަރުކަޒުގެ އެކިއެކި ބޭނުންތަކަށް އަންނަ މީހުންނާއި  އެހީތެރެރިކަން ލިބެންޖެހޭ ފަރާތްތަކަށް ގުޅުވައިދިނުން.

- މީގެ އިތުރުން، އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމާއި / އެޑްމިން ބައިން އަންގާ ކަންތައްތައް ކުރުން.      

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަރވިއު ކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 24 މާރިޗު 2015 އާއި 26 މާރިޗު 2015 އާ ދެމެދުގެ ތާރީޚެއްގައެއެވެ. (އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް، ދުވަހާއި ގަޑި، ފަހުން އެންގޭނެއެވެ.)

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމް

2- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުން)

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުއައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމާމެދު މިހާރު ވަޒީފާއަދާކުރާ ތަނުން އިޢުތިރާޒެއް ނުކުރާކަމުގެ ލިއުން.

4- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނޭ ލިއުމެއް.

5- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުއައްޒަފުން އެ މުއައްޒަފެއްގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންވާނެއެވެ. (ސިވިލް ސަރވިސްގައި ވަޒީފާއަދާކުރަމުންދާ މުއައްޒަފަކުވެސް މި ފޯމް ހުށަނާޅާނަމަ، ފޯމުގައިހުރި ބައިތަކަށް ބަލައިގެން ދޭންޖެހޭ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.)

6- ވަޒީފާއަށް ކުރިމަތިލާ  ފަރާތުގެ ވަނަވަރު / ސީވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

7- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

ތަކެތި ހުށަހަޅަންޖެހޭ ގޮތާއި އޮފީސް

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމް ފުރައި، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއެކު، ހިންމަފުށީ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

- ފުރިހަމަނުކުރާ ފޯމާއި ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.

- ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު، ހިންމަފުށީ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ނޯޓް

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާރކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.  

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލާމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން  މި މަރުކަޒުގެ 6640413 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

 14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ