ކ.ހިންމަފުށީ ސިއްޙީ މަރުކަޒް
ދިވެހިރާއްޖެ
ކޭޝިއަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ކޭޝިއަރ

ބޭނުންވާ އަދަދު

1 (އެކެއް)

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް 3

މަޤާމުގެ ބާވަތް

ދާއިމީ

މަޤާމުގެ ނަންބަރު:

   

އޮފީސް

ހިންމަފުށީ ޞިއްޙީ މަރުކަޒު

ސެކްޝަން:

އެޑްމިން

ރަށް

ކ. ހިންމަފުށި

އަސާސީ މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީ މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދައިން ދަށްވެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދައިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- އާމްދަނީ ފައިސާ ބަލައިގަތުމާއި، ރަޝީދުތައް ތައްޔާރުކޮށްފައި ހަވާލުކުރުން.

- ތިޖޫރީ ބަކީފޮތް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުމާއި، ތިޖޫރިބާކީ ރިޕޯޓް، ކޮންމެ ހަފުތާއެއް ފެށޭ ދުވަހުން ނިންމާފައި، ސްޕަވައިޒަރުގެ ސޮއިކުރުވައި، ކަނޑައެޅިފައިވާ އޮފީހަށް ފޮނުވުން.

-  ކޮންމެ މަހަކު މުވައްޒަފުންގެ މުސާރަ ތައްޔާރުކޮށް ނިންމާފައި ފޮނުވުން.

- ބަޖެޓުގެ މަސައްކަތްތައް، ސްޕަވައިޒަރުގެ މަސްވަރާއާއި އެހީތެރިކަމާއެކު ކޮށްނިންމުން.

- ފައިސާގެ ރިޕޯޓުތައް، ކޮންމެ މަހެއްގެ 10 ގެ ކުރިން ފޮނުވުން.

- ފައިސާއާބެހޭ ލިޔުންތަކާއި، ސެކްޝަނަށް އަންނަ ފައިސާގެ ބިލުތައް އެންޓްރީކުރުމާއި، އެހެނިހެން މުވައްޒަފުންގެ ލިޔެކިއުންތައް ފައިލްކުރުން.

- މަރުކަޒަށް އަންނަ ބިލްތަކަށް ފައިސާ އެފަރާތާ ހަވާލުކުރުމާއި، ބިލްތައް ފައިލްކުރުން.

- އެޑްމިނިސްޓްރޭޓިވް އޮފިސަރާ ހަވާލުކުރެވިފައިވާ ފައިސާގެ މަސައްކަތްތައް، އެޑްމިނިސްޓްރޭޓިވް އޮފިސަރ ނެތް ހިނދެއްގައި ބެލެހެއްޓުން.

- މުވައްފުންގެ ރެކޯޑް ފައިލްތައް ބެލެހެއްޓުން.

- އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.

- ޞިއްޙީ މަރުކަޒުން ހިންގޭ އެކއެކި ހެލްތު ޕްރޮމޯޝަން ހަރަކާތްތަކާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި އެހީތެރިވެދިނުން.

- ސުޕަވައިޒަރުގެ ދަށުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ޕީ.އޭ ފޯމްތައް ޤަވައިދުން ފުރިހަމަކުރުން.

- މަރުކަޒުގެ ލިޔެކިޔުމަށް ބޭނުންވާ ތަކެއްޗާއި، އެހެނިހެން ތަކެތި، އޮންނަ ޤަވައިދެއްގެ މަތިން އިންވޮއިސް ހަދައިގެން ފިހާރަތަކުން ގެނައުން.

- މަތީގައި ވާ މަސައްކަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ވަޒީއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވައިދުތަކާ އެއްގޮތްވާގޮތުގެމަތިން މި އޮފީހުން އަންގާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 24 މާރިޗު 2015 އާއި 26 މާރިޗު 2015 އާ ދެމެދުގެ ތާރީޚެއްގައެއެވެ.

- އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް، ދުވަހާއި ގަޑި، ފަހުން އެންގޭނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުން)

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުއައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމާމެދު މިހާރު ވަޒީފާ އަދާކުރާ ތަނުން އިޢުތިރާޒު ނުކުރާކަމުގެ ލިއުން.

4- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނޭ ލިއުމެއް.

5- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުއައްޒަފުން އެ މުއައްޒަފެއްގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންވާނެއެވެ. ސިވިލް ސަރވިސްގައި ވަޒީފާއަދާކުރަމުންދާ މުއައްޒަފަކުވެސް މި ފޯމް ހުށަނާޅާނަމަ، ފޯމުގައިހުރި ބައިތަކަށް ބަލައިގެން ދޭންޖެހޭ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

6- ވަޒީފާއަށް ކުރިމަތިލާ  ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

7- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

ތަކެތި ހުށަހަޅަންޖެހޭ ގޮތާއި، ހުށަހަޅަންޖެހޭ އޮފީސް

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމް ފުރައި، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއެކު، ހިންމަފުށީ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

- ފުރިހަމަނުކުރާ ފޯމާއި ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހިންމަފުށީ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ނޯޓް

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެމަތިން މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.  

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލާމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 6640413 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ