މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ނީލަން ކިއުމާއި ބެހޭ

މިކުންފުނީގައި ބޭނުންކޮއްފައި ހުރި ބައެއް ކޮމްޕިއުޓަރ ސިސްޓަމްތައް ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިތަކެތި ނީލަމުން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 އޮކްޓޫބަރ 2023 ވާ އާދިއްތަ ދުވަހުގެ ހެދުނު 10:30އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮކްޓޫބަރ 2023 ވާ އަންގާރަ  ދުވަހުގެ ހެދުނު 10:30 އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންވާއިރު، ހާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި ނުވަތަ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ކުންފުނި ނުވަތަ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ ގެންނަން ވާނެއެވެ. ފޯނުގެ ޛަރީއާއިން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. އަދި ދަންނަވަމެވެ. މަތީގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުން ނެތި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިތަކެތި ގަންނާނެ އަގު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތްތަކުން ވަޑައިގެންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަގުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަގުތަކާއި، އީ.މެއިލްއާއި ފެކްސް ގެ ޛަރީއާއިން ފޮނުއްވާ އަގުތަކާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަގުތަކުގެ އިތުރުން މަޢުލޫމާތު ފުރިހަމަނުވާ އަގުތައްވެސް ބަލައިނުގަނެވޭނެކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 އޮކްޓޫބަރު 2023
ހޯދާ