މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'އެޗް.ސީ.އެފް.ސީ ފޭސް އައުޓް މެނޭޖްމަންޓް ޕްރޮޖެކްޓް' ހިންގުމާބެހޭގޮތުން ވެރިފިކޭޝަން ރިޕޯޓެއް ތައްޔާރުކުރުމުގައި ނެޝަނަލް އޯޒޯން ޔުނިޓަށް އެހީތެރިވާނެ ކޮންސަލްޓަންޓެއް ހޯދުމަށް.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް އަލުން ހުޅުވާލުން

މި މިނިސްޓްރީގެ ނަންބަރު IUL)438-PPIRS/1/2015/2) އިޢުލާނަށް އެކަށީގެންވާ ވަރަށް އިޖާބަ ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ 'އެޗްސީއެފްސީ ފޭސް އައުޓް މެނޭޖްމަންޓް ޕްރޮޖެކްޓް' ހިންގުމާ ބެހޭގޮތުން ވެރިފިކޭޝަން ރިޕޯޓެއް ތައްޔާރުކުރުމުގައި ނެޝަނަލް އޯޒޯން ޔުނިޓަށް އެހީތެރިވާނެ ކޮންސަލްޓެންޓެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުޠުހަމަވާ ފަރާތްތަކުން 23 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ (އަހަރު އަދި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ އަދަދު) އާއި، ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު އަދި މަސައްކަތުގެ އަގު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" އަދި ގައިޑްލައިންސް މިމިނިސްޓްރީންނާއި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިޔުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018342

ފެކްސް: 3018301

އީމެއިލް: procurement @environment.gov.mv

ވެބްސައިޓް: www.environment.gov.mv

03 މާރިޗު 2015
ހޯދާ