މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބޭނުންވާ އައިޕެޑްސް ސަޕްލައިކުރުން

މި މިނިސްޓްރީއަށް ބޭނުންވާ އައިޕެޑްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން ޕްރީބިޑް މީޓިންގއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

ހަރަކާތް

ތާރީޚް

ގަޑި

ތަން

ބީލަން ހުށަހެޅުން/ހުޅުވުން

31 އޮކްޓޫބަރު 2023 (އަންގާރަ)

10:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.

އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 29 އޮކްޓޫބަރު 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

22 އޮކްޓޫބަރު 2023
ހޯދާ