ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވޭޖް)

އިޢްލާން

ވަޒީފާގެ ފުރުޞަތު:

ދ.މާއެނބޫދޫ އިޖްތިމާޢީ ސަރަހައްދުތައް ސާފްކޮށް ބެލެހެއްޓުމަށް ތިރީގައި މިދަންނަވާ މަޤާމަށް ވޭޖް އުޞޫލުން މަސައްކަތް ކުރާނެ މީހުން ބޭނުން ވެއްޖެއެވެ.

މަޤާމު: ކައުންސިލް އެސިސްޓެންޓް (ވޭޖް)

އުޖޫރަ ދެވޭގޮތް: މަސައްކަތް ކުރާ ކޮންމެ ގަޑިޔަކަށް 33.65 ރުފިޔާ

 

ރޭންކް: އެސް.އެސް 1 (ސަޕޯޓް ސާރވީސް 1)

އޮފީސް/ އިދާރާ: ދ. މާއެނބޫދޫ ކައުންސިލް އިދާރާ   

ޔުނިޓް: މުނިސިޕަލް ސާރވީސް ޔުނިޓް

ސެކްޝަން: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލްސް ސާރވީސް ސެކްޝަން

 

ވަޒީފާ އަދާކުރަންޖެހޭ ތަން: ދ.މާއެނބޫދޫ ކައުންސިލް އިދާރާ

މަސައްކަތް ކުރަންޖެހޭ ގަޑި: ހުކުރު،ހޮނިހިރު ފިޔަވައި ދުވާލަކު 03 ގަޑި އިރު.

ބޭނުންވާ ޢަދަދު: 03 (ތިނެއް)

މުއްދަތު: 06 (މަސް ދުވަހަށް)

ކުރިމަތިލެވޭ އުމުރު: 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ކަމުގައިވުން

 

އެހެނިހެން އިނާޔަތްތައް:

އިތުރު ގަޑީގައި މަސައްކަތް ކުރުވާނަމަ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ އަސާސީ ޝަރުޠުތައް:

   ލިޔަން ކިޔަން އެގުން.

ނޯޓް:

  ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

 

 

  • ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.    ނުވަތަ،
  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.       ނުވަތަ،
  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. މަގުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތަކާއި، އިޖްތިމާޢީ ސަރަޙައްދުތައް ކައުންސިލްއިން އަންގާ ގޮތެއްގެމަތިން ކުނިކަހާ، ވިނަނޮޅާ ގާނަގާ ގަސްތައްވާވިޔަނުދީ ކޮށާ ސާފުކޮށް ބެލެހެއްޓުން
  2. ބީޗުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތަކާއި ބަނދަރު ސަރަޙައްދު ކައުންސިލްއިން އަންގާ ގޮތެއްގެމަތިން ކުނިކަހާ، ވިނަނޮޅާ ގާނަގާ ގަސްތައްވާވިޔަނުދީ ކޮށާ ސާފުކޮށް ބެލެހެއްޓުން.
  3. ކުނިކަހާ ސަރަހައްދުތަކުން ކުނިކަހާފައި ނަގާކުނި ކައުންސިލުން އަންގާ ގޮތެއްގެމަތިން ގެންގޮސް ނައްތާލުން.
  4. ރަށުގެ އެކި ސަރަހައްދު ތަކުގައި ބަހައްޓާފައި ހުރި ޑަސްބިންތައް ސުޕަވައިޒަރު އަންގާ ގޮތެއްގެމަތިން ހުސްކުރުން.
  5. ވަކިމުނާސަބަތަކާއި ގުޅިގެން ސާފްކޮށްލަންޖެހޭކަމަށް ކައުންސިލުން އަންގަވާފިހިދެއްގައި އެތަނެއްސާފްކުރުން 
  6. ކައުންސިލް އިދާރާއިން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުން
  7. ޙާއްސަ މުނާސަބަތު ތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުން
  8. ކައުންސިލްއިން އަންގާގޮތެއްގެ ގެ މަތިން ކުނިގޮނޑު ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  9. މަގުތަކުގެ އަޑިގުޑަންތައް ފިލުވުމަށް ކައުންސިލްއިން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން
  10. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  11. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  12. ރަށުގެ ތަރައްޤީއަށް އަށް ކުރެވޭ އެންމެހާމަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި ، މަސައްކަތަށް ހިއްވަރުދީ އެއްބާރުލުން ދިނުން.
  13. އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު ވަކިފަރާތަކަށް ނުޖެހި ސިޔާސީ އެންމެހާ ނުފޫޒު ތަކުން އެއްކިބާވެ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލްސާވީސް ޤާނޫނާއި، ޤަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއ، އަދި ދިވެހި ސިވިލްސާވީސްގެ ވަޒީފާގެ އެއްބަސްވުމާއި، ޙިލާފުނުވާގޮތަށް ސިވިލްސާވީސް މުވައްޒަފެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢްލީމާއި ތަމްރީން.
  • ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ.
  • ލިބިފައިވާ ހުނަރު.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 31 އޮކްޓޯބަރ 2023 އާއި 08 ނޮވެމްބަރ 2023 އާ ދެމެދު، ދ.މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ދ.މާއެނބޫދޫ ކައުންސިލްގެ އިދާރާއަށެވެ.

އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ތަކެތި:

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ފޯމް ލިބެންހުންނާނީ ރަސްމީގަޑީގައި، ދ،މާއެނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން، އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mvއިން ޑައުންލޯޑް ކުރެވޭނެއެވެ.
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރުމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢްލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. މަސައްކަތު ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުއް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ އެއް.

 

މަޢްލޫމާތު ސާފްކުރުން

މި އިއްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6760595 ނަންބަރަށެވެ. އީމެއިލްކުރައްވާނީ [email protected]  އަށެވެ.

       

ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

22 އޮކްޓޫބަރު 2023
ހޯދާ