ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2023" ގެ ނަމުގައި އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތެއް ކުރިޔަށް ގެންދާނެ ޖަމިއްޔާއެއް ހޯދުމަށް އިޢުލާން ކުރުން

އިޢުލާން

"ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2023" ގެ ނަމުގައި އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތެއް ކުރިޔަށް ގެންދާނެ ޖަމިއްޔާއެއް ހޯދުމަށް އިޢުލާން ކުރުން

"ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2023" ގެ ނަމުގައި އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތެއް އިންތިޒާމްކޮށް ކުރިޔަށް ގެންދާނެ ޖަމިއްޔާއެއް ހޯދުމަށް ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 30 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް   projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.             

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ނޮވެމްބަރ 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

22 އޮކްޓޯބަރ – 30 އޮކްޓޯބަރ 2023

 

 

ގދ.ތިނަދޫ ސިޓީ ކައުންސިލް އިދާރާ / މެއިލް

ބީލަން ހުށަހެޅުން

09 ނޮވެމްބަރ 2023

ބުރާސްފަތި

13:00

ގދ.ތިނަދޫ ސީޓީ ކައުންސިލް އިދާރާ ޖަލްސާ ކުރާ މާލަމުގައި

22 އޮކްޓޫބަރު 2023
ހޯދާ