މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
މިނީ ބާސްކެޓްބޯލް ފެސްޓިވަލް 2023

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 22 ނޮވެމްބަރ 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިނީ ބާސްކެޓްބޯލް ފެސްޓިވަލް 2023" ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލް/މަދަރުސާ ތަކުން 12 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އާއި މިމުބާރާތާއި ގުޅިގެން މިއެސޯސިއޭޝަނުން އެ ސްކޫލަކާއެކު މުއާމަލާތް ކުރާނެ އިސް ފާރާތެއްގެ ނަމާއި ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނޭގޮތަށް ލިޔުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ. އަދި ޓީމްލިސްޓް 20 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލްކޮށް ދެއްވުން އެދެމެވެ.

ސްކޫލްތަކުން ބައިވެރިވާކަމުގެ ލިޔުން އަދި ޓީމްލިސްޓް އީމެއިލްކޮށް ދެއްވާނީ [email protected] އަށެވެ.

އުމުރުފުރާތައް:

ގްރޭޑް 1 - 7 އަހަރުން ދަށް ( އަންހެން / ފިރިހެން ) – 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 8 އަހަރު ނުފުރޭ ކުދިން

ގްރޭޑް 2 - 8 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 9 އަހަރު ނުފުރޭ ކުދިން

ގްރޭޑް 3 - 9 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 10 އަހަރު ނުފުރޭ ކުދިން

ގްރޭޑް 4 - 10 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 11 އަހަރު ނުފުރޭ ކުދިން

ގްރޭޑް 5 - 11 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2023 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 12 އަހަރު ނުފުރޭ ކުދިން

22 އޮކްޓޫބަރު 2023
ހޯދާ