މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވަގުތީ)

މި އިޢުލާންވަނީ 22 އޮކްޓޫބަރު 2023 11:13 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

                                                    

މަޤާމު:

ކައުންސިލް އެސިސްޓެންޓް (ވަގުތީ)

ބޭނުންވާ އަދަދު:

01 )އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް ( މިވަޒީފާއަކީ ސިވިލް ސާރވިސް ވަޒީފާއެއް ނޫނެވެ.)

މަޤާމުގެ ރޭންކު:

އެސް،އެސް، 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާއަށް ނަގާ މުއްދަތު

01 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ / ކ. ގުރައިދޫ

މުސާރަ:

-/3100ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:  

-/1000ރުފިޔާ މަހަކު

އެހެނިހެން އެލަވަންސް:

1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

4- ސިވިލް  ސަރވިސް  މުވައްޒަފުންނަށް  ހަމަޖެހިފައިވާ  އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި  ލިބިލައްވާ -/1200ރުފިޔާ (މަހަކު)

5- ސިވިލް ސާރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ގޮތުގައި ލިބިލައްވާ -/832ރުފިޔާ (މަހަކު)

6- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މަހަކު -/1085ރުފިޔާ މަހަކު (މުވައްޒަފަށް ލިބޭ މުސާރައިގެ 35.00%)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ބަނދަރަށް ވަންނަ އުޅަނދުތަކަށް ބަނދަރުން ޖާގަ ހަމަޖެއްސުމާއި، އުޅަނދުތައް އަޅަނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައިކަން ކަށަވަރުކުރުން.
  4. ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް އުޅަނދުތަކަށް ބަނދަރުން ފެން، އައިސް އަދި ކަރަންޓް ދޫކުރުން.
  5. އުޅަނދުތަކަށް މުދާ އަރުވާ ބާލާއިރު، ބަނދަރު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިނުވާނެހެން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  6. އުޅަނދުތަކަށް މުދާ އަރުވާ ބޭލުމަށްފަހު، އެ ސަރަޙައްދު ރަނގަޅަށް ސާފުކުރުވުން.
  7. މަސްކަޑާ ސަރަޙައްދާއި، ބަނދަރާ ގުޅިފައިވާ ސަރަޙައްދުގެ ސާފުތާހިރުކަން ކަށަވަރުކޮށް، ސާފުކޮށް ބެލެހެއްޓުން.
  8. ތޮށިގަނޑުމަތީ އެއްވެސް ސަރަޙައްދެއްގައި މަސްކަނޑާނަމަ އެކަން މަނާ ކުރުން އަދި ކައުންސިލްގެ ސަމާލުކަމަށް އެކަން ގެނައުން.
  9. ބަނދަރު ސާފުކުރާ މަސައްކަތު މީހުންނާއެކު ޓީމެއްގެ ގޮތުގައި ބަނދަރު ސަރަޙައްދު ސާފުތާހިރު އަދި ހިތްގައިމު ތަނަކަށް ހެދުމަށް މަސައްކަތްކުރުން.
  10. ބަނދަރުގެ ޤަވާއިދާއި ޚިލާފްވާ ފަރާތްތަކަށް ރީތިގޮތުގައި ނަސޭޙައްތެރިވުން، އަދި އެކަމެއް ތަކުރާރުވާނަމަ ކަމާގުޅޭ ސެކްޝަނަށް އެންގުމާއެކު ކައުންސިލާ ޙިއްސަކުރުން.
  11. ނެރުބައްތި އަދި ބަނދަރުގެ މަގުބައްތިތަކުގެ މައްސަލައެއް ޖެހިއްޖެނަމަ ވަގުތުން ޔުނިޓްގެ ވެރިޔާއަށް އަންގާ އެކަންހައްލުކުރުމަށް މަސައްކަތް ކުރުން.
  12. އޮޑިއެހެލާ ސަރަހައްދަށް އެހެލާ އޮޑިފަހަރުގެ މަޢުލޫމާތު ކައުންސިލަށް ރިޕޯޓްކުރުމާއި، އޮޑިއެހެލާ ސަރަހައްދުގެ ގަވާއިދު އަދި އުސޫލުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  13.  
  14. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. އަދި އިންސާފު ވެރިކަމާއި، ތެދުވެރިކަމާއިއެކު ވަކިފަރާތަކަށް ނުޖެހި،  ސިޔާސީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ހުރެ މަތީގައިވާ މަސައްކަތްތައް ކުރުން.
  15. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  16. ބަނދަރުގެ ލަފާ ފުރުމާއި މީހުން ފޭބުމަށް ޚާއްޞަ ކުރެވިފައިވަ ޞަރަޙައްދު ޚާއްޞަ ގޮތެއްގައި ބެހެލެހެއްޓުމާއެކު އެ ސަރަޙައްދުގައި އަޅާފައިވާ އުޅަނދު ފަހަރު އަޅާފައި ބޭއްވިޔަ ނުދިނުން.
  17. ބަނދަރު ފެހިކުރުމަށް ގަސްއިންދާ ހެއްދުމާއި، ބަނދަރުގައި ފިނިކޮށްލުމަށް މީހުން ތިބުމަށް ހެދިފައިވާ ހުންނަ ފިނި އަށި ގޮޑިފަދަ ތަކެތި ސާފްކޮށް ބެލެހެއްޓުމާއި، އެފަދަ ތަކެތި ހަލާކުވެފައިވާ ނަމަ މަރާމާތު ކުރުމަށް ކުރަންޖެހޭ ކަންކަން ކައުންސިލާ ގުޅިގެން ކުރުން.
  18. ބަނދަރާއި، ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކާއި، މަގުތަކުގައި ދިއްލުމަށް ޖަހާފައިވާބައްތިތައް ދިއްލޭތޯ ބެލުމާއެކު މަސްއަލަ ޖެހި މަރާމާތު ކުރަންޖެހިފައިވާބައްތި އެއް ވާނަމަ އެކަން ބެލުމާއި، ގަސްތަކުގެ ސަބަބުން ބއްތީގެ އަލިކް ނުހުންނަ ތަންތަނުގެ ގަސްތައް ކޮށުމަށް ބާރުއަޅާ އެކަންކަން ކައުންސިލަށް އަންގާ ރަގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  19. ނެރުން ވަދެ ނިކުތުމަށް އުދަގޫވާގޮތަށް އަދި ބަދަރުތެރޭގައި އެކޮގޮތްގޮތަށް ވައުޅާފަރާތްތައްވެސް ފާހަގަކޮށް އެކަންކަން ޙައްލުކުރުމަށް އެފަދަ ފަރާތްތަކަށް އެންގުން
  20. ބަދަރުގެ ބޭރު ތޮށިގަޑުގެ ޙާލަތާއި، އެއްގަމު ތޮށީގެ ހާލަތާއި، ޕޭމަންތްގެ ޙާލަތު 6 މަހުން 6 މަހުން ބަލާ މަރާމާތު ކުރަންޖެހޭނަމަ އެކަން ކައުންސިލާ ޙިއްސާކުރަމުން ގެންދިޔުން.
  21. އެއްވެސް ފަރާތެއްގެ އިހުމާލުން ބަދަރުގެ އެއްވެސް ދިމާލަކަށް ތަނަކަށް ގެއްލުމެއް ލިބިއްޖެނަމަ ވަގުތުން އެކަން ކައުންސިލަށް އަންގާ މަސްއަލަ ބެލުން
  22. ކައުންސިލުން ރަށުގެ ކުނި ގޮޑު މެނޭޖްކުރުމަށް މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ކައުންސިލުން އަންގާ ގޮތެއްގެ މަތީން އެމުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް މޮނިޓަރ ކުރުމާއެކު ޖެހޭ މަސްއަލަތައް ކައުންސިލަށް ރިޕޯޓް ކުރުން
  23. ކައުންސިލުން އިޖުތިމާޢީ ސަރަޙައްދުތައް ސާފްކުރުމަށް ކަޑައަޅާ ފައިވާ މުވައްޒަފުންގެ ކަންކަންވެސް ގާތުން ބަލާ މޮނީތަރ ކުރުމާއެކު އެސަރަޙައްދުތައް ކަނޑައަޅާ ފައިވާގޮތަށް ސާފުކުރަމުން ގެންދޭތޯއާއި ސާފްނުކުރާނަމަ އެކަންވެސް ކައުންސިލަށް އަންގަމުން ގެންދިޔުން.

މަޤާމުގެ ޝަރުޠުތައް:

1 ލިޔަން ކިޔަން އެނގުން

 

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

 

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

ނުވަތަ

 

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

 

ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.  

މަސައްކަތުގެ ދާއިރާ:

 

  • ކްލެރިކަލް ސަޕޯޓް
  • ފޮޅާ ސާފުކުރުން

ތަޢުލީމީ ރޮނގު:  ނެތް

ޕްރިފަރޑް ޑިސިޕްލިމް:  ނެތް

ކޯ ޑިސިޕްލިން:  ނެތް 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިޢުލާނުގެ ސުންގަޑި ހަމަވަންދެން ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އިންޓަރވިއު

40%

ޖުމްލަ

100%

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމަ އެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް  އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ 05 ނޮވެމްބަރ 2023 އާއި 23 ނޮވެމްބަރ 2023 އާއި ދެމެދު، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގެ އިތުރުން އާއްމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަމްބަރ: 6640072 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

22 އޮކްޓޫބަރު 2023
ހޯދާ