މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކުޑަފަރީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތީގެ ވަގުތީ ލިސްޓް

ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގެ ދަށުން މޯލްޑިވްސް ލޭންޑް ޔޫސް އެންޑް ސާރވޭ އޮތޯރިޓީގެ ނަންބަރު  471-DNPS2/288/2022/17ސިޓީއިން މިލަޑުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިޚްތިޞާޞް ގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި 1350  (އެއް ހާސް ތިން ސަތޭކަ ފަންސާސް) އަކަފޫޓުގެ 20 (ވިހި) ގޯތި ދޫކުރުމުގެ ހުއްދަ ދީފައިވާތީވެ، ގޯތި ދޫކުރުމުގައި އަމަލުކުރާނޭ ގޮތް ބަޔާންކުރާން ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދަށް ރިއާޔަތްކޮށް މި އިދާރާއިން އެކުލަވާލައި އާއްމުކޮށްފައިވާ ނ. ކުޑަފަރީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023  ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ވަގުތީ ލިސްޓް އެ މާއްދާގެ (ށ) ގައިވާ މައުލޫމާތުތަކާއި އެކު މި އިއުލާނާއި އެއް ހީރާސްކޮށް އާއްމުކޮށް އިއުލާންކުރީމެވެ.

މި ވަގުތީ ލިސްޓާއި މެދު އެއްވެސް ޝަކުވާއެއް ވާނަމަ، އެފަދަ ޝަކުވާތަށް  ނ. ކުޑަފަރީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023  ގެ 14 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ހުށަހެޅުއްވުމުގެ ފުރުޞަތު މި ވަގުތުން ފެށިގެން އާއްމުކޮށް ހުޅުވާލަމެވެ. ޝަކުވާ ހުށަހަޅުއްވާނީ "ނ. ކުޑަފަރިން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތަކުން ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް"  މެދުވެރިކޮށް މި އިދާރާއަށެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު ފަހު 1:30 ށް މި އިދާރާގައި ވަނީ ގާއިމުކުރެވިފައެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 އޮކްޓޫބަރު 2023 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ.

މި ދެންނެވި މުއްދަތުގައި ހުށަހެޅޭ ޝަކުވާތަކަށް ނ. ކުޑަފަރީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023 ގެ 14 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ވިލަރެސް ކޮމިޓީން ބެލުމަށްފަހު މި އުސޫލުގެ 14 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތީން ރަސްމީ 7 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ހުށަހެޅި ފަރާތަކަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.

މި ގޮތުން ހުށަހެޅޭ ޝަކުވާއަކާއި ގުޅިގެން ނުވަތަ އާއި ގުޅިގެން ވިލަރެސް ކުރާ ކޮމިޓީން ބެލިބެލުމުން ވަގުތީ ލިސްޓަށް ބަދަލެއް ގެންނާން ޖެހިއްޖެ ނަމަ އެފަދަ ބަދަލެއް ގެނައުމަށް ފަހު ނ. ކުޑަފަރީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023 ގެ 15 (ފަނަރަ) ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދާއިމީ ލިސްޓް އެ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތު ތަކާއި އެކު 2023 ނޮވެމްބަރ 9 ގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށް އިއުލާންކުރެވޭނެއެވެ.

ނ. ކުޑަފަރީން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023  ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ވަގުތީ ލިސްޓް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އާއްމުކުރެވިފައި ނުވާތީ، އެކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

19 އޮކްޓޫބަރު 2023
ހޯދާ