ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތިރިމަތީ ޕާކުތަކުގައި 4 ބިލްބޯޑު ބެހެއްޓުމާއި ދާއިމީ ގޭޓުގެ ދެ ކޮޅުގައި އިޝްތިހާރު ޖެހުމަށް ބިޑް ކުރުމުގެ ފުރުޞަތު ހުޅުވާލުމަށް

އަތިރިމަތީ ޕާކުތަކުގައި 4 ބިލްބޯޑު ބެހެއްޓުމާއި ދާއިމީ ގޭޓުގެ ދެ ކޮޅުގައި އިޝްތިހާރު ޖެހުމަށް ބިޑް ކުރުމުގެ ފުރުޞަތު ހުޅުވާލުން

މިރަށު ބަނދަރު ސަރަޙައްދުގައި ހަދާފައިވާ ޕާކުތަކުގައި 4 ބިލްބޯޑް (އިޝްތިހާރުތައް ހިމެނޭ ބޯޑު) ބެހެއްޓުމާއި އަދި ދާއިމީ ގޭޓުގެ ދެ ކޮޅުގައި އިޝްތިހާރު ބޯޑު ޖެހުމަށް ބޭނުންވާ ފަރާތްތަކަށް އަހަރު ކަނޑައެޅޭ ވަކި އަގަކަށް އިޝްތިހާރު ބޯޑު ބެހެއްޓުމުގެ ފުރުޞަތު ހުޅުވައިފީމެވެ. ވީމާ، އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތައް އިޝްތިހާރު ކުރުމަށް ލިބިފައިވާ މި ރަނުގެ ފުރުޞަތުގެ ބޭނުން ހިއްޕަވާ އިޝްތިހާރު ކުރައްވަން ބޭނުންފުޅުވާނަމަ 15 މާރިޗު 2015 ވަނަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. އިޝްތިހާރު ބޯޑުތައް ބެހެއްޓުމަށް ހުށަހެޅޭ ހުށަހެޅުންތައް އިވެލުއޭޓް ކުރާއިރު މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

  • އިޝްތިހާރު ބޯޑު ބެހެއްޓުމުގައި އަހަރަކަށް މިއިދާރާއަށް ދޭން ހުށަހަޅާ ކުލި: %75
  • ބަހައްޓަން ގަސްތުކުރާ އިޝްތިހާރު ބޯޑުގެ ޑިޒައިނަށާއި ސައިޒަށް: %25

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

11 ޖުމާދަލްއޫލާ 1436

02 މާރިޗު 2015
ހޯދާ