ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އިމާރާތުގެ މެއިންޓެނަންސް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މައިންޓެނަންސް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ސޯސަންގޭގައި ދިވެހިބަހުގެ އެކެޑަމީ ހިނގަމުންއަންނަ އިމާރާތުގެ މެއިންޓެނަންސް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް އެދޭ ފަރާތްތަކުން 2015 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 9:00 އަށް ދިވެހިބަހުގެ އެކެޑަމީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. މިކަމުގައި މަޢުލޫމާތު ހޯދުމަށް ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކަށްވެސް މަޢުލޫމާތު ކަރުދާސް ދޫކުރެވިދާނެއެވެ. ނަމަވެސް، އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ކަނޑައަޅައިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 މާރިޗު 18 ވާ ބުދަ ދުވަހުގެ 9:00 ގައި ދިވެހިބަހުގެ އެކެޑަމީގައެވެ.

12 ޖުމާދަލްއޫލާ 1436 

03 މާރިޗު 2015
ހޯދާ