ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީގެ ޢާންމު ތަންތަނާއި މަގުތަކުގައި ބޭނުން ނުކުރާ ވަގުތުތަކުގަޔާއި އަދި ރޭގަނޑުގެ ވަގުތުތަކުގައި ވެހިކަލް ޕާކް ކުރުން މަނާ ކުރުމާއި ގުޅޭ

ކުޅުދުއްފުށީ ސިޓީގެ ޢާންމު ތަންތަނާއި މަގުތަކުގައި ބޭނުން ނުކުރާ ވަގުތަކުގަޔާއި އަދި ރޭގަނޑުގެ ވަގުތުތަކުގައި ވެހިކަލް ޕާކްކޮށްފައި ބޭއްވުމަކީ ކުޅުދުއްފުށީ ވެހިކަލް ގަރާޖް ކަނޑައެޅުމުގައި އަމަލުކުރާނެ އުޞޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކަމެއްކަމުގާވަނީ ކަނޑަޅާފައެވެ.

ވީމާ، ޢާންމު ތަންތަނާއި މަގުތަކުގައި ބޭނުން ނުކުރާ ވަގުތަކުގަޔާއި އަދި ރޭގަނޑުގެ ވަގުތުތަކުގައި ވެހިކަލް ޕާކްކޮށްފައި ބާއްވާނަމަ ހެދިފައިވާ ޤަވާއިދުތަކުގެ މަތިން ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

18 އޮކްޓޫބަރު 2023
ހޯދާ