ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް ރިކޯޑްސް މެނޭޖްމެންޓް އޮފިސަރ

މަޤާމު

މެޑިކަލް ރިކޯޑްސް މެނޭޖްމެންޓް އޮފިސަރ

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

PS-5

ޑިވިޝަން / ސެކްޝަން

މެޑިކަލް ރިކޯޑްސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/9491 ރުފިޔާ

މަޤާމުގެ އެލެވަންސް:

މަހަކު -/2848 ރުފިޔާ

ހާޒިރީ އިނާޔަތް:

-/77 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ހޮސްޕިޓަލުގެ މެޑިކަލް ރެކޯޑްސްގެ މަސައްކަތްތައް ކުރުމުގެ ގޮތުން:
  2. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
  1.  ކޮންމެދުވަހަކު އޯޕީޑީގައި ބައްލަވާ ބަލިމީހުންގެ އަދަދު އަންހެން ފިރިހެން ވަކިން އެނގޭނެގޮތަށް ރިޕޯޓް ތައްޔާރުކުރުމާއެކު  ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލި މީހުންގެ ތެރެއިން ރިޕޯޓް ކުރެވޭ ނުރައްކާތެރި ބަލިބައްޔާ ނޯޓިފައިބަލް ޑިޒީސްއާއި ބެހޭ މަޢުލޫމާތު (ޑެއިލީ ސަރވެލަންސް/ އެކަމާއި ގުޅުން ހުރި ރިޕޯޓްތައް ) ތައްޔާރުކުރުމަށްފަހު ކޮންމެ ދުވަހެއްގެ 12:30 ގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށާއި ޕަބްލިކް ހެލްތް ޔުނިޓަށް ފޮނުވުން.
  2. ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންގެ ޑެއިލީ ސްޓެޓިސްޓިކް ( ޖިންސް ވަކިން )  މެޑިކަލް ރެކޯޑްސް ގައި ގެންގުޅޭ އެކްސެލް އޯ ޕީ ޑީ ޝީޓަށާއި DHIS2 އެންޓަރކުރުން .
  3. ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންގެ ތެރެއިން ER,DR,MEDICAL CHECKUP ,ANC,PNC,FP,WWC, ދައްކާމީހުންގެ ސްޓެޓިސްޓިކް ތައްޔާރުކުރުން.
  4. އެމް އާރ ޑީ އަށް ލިބޭ ހުރިހާ ޑޮކިއުމަންޓްތަކެއްގެ އެންޓްރީ ބަލަހައްޓާ/ އޭގެން އެއްވެސް ޑޮކިއުމަންޓެއް ހޯދަން ޖެހިއްޖެ ހަލަތެއްގއި ފަސޭހައިން ފެންނާނެހެން ބަލަހަށްޓާ އާރކައިވްކޮށް ބެލެހެއްޓުން.
  5. ޑޮކްޓަރުން ކޮންމެދުވަހަކު އެޑްމިޓްކޮށްގެން ބައްލަވާ ބަލިމީހުންގެ އަދަދު އަންހެން ފިރިހެން ވަކިން އެނގޭނެގޮތަށް ރިޕޯޓް ތައްޔާރުކުރުން .
  6. ވަކި ވަކި ޑިޕާޓްމަންޓް ތަކުން ޙިދުމަތް ދެވުނު މީހުންގެ އަދަދު އެގޭނެހެން ރިޕޯޓް ތައްޔާރުކުރުން. އެގޮތުން ސްކޭން އެކްސްރޭ،ލެބް ފިޒިއޮތެރަޕީ ފަދަތަންތަނުގެ ސްޓެޓިސްޓިކްތަކުގެ ރެކޯޑް ތައްޔާރުކުރުން/އަދި ނާރސިންގ ސްޓޭޝަން ތަކުން ތައްޔާރުކޮށްފައިވާ ކޮންމެ ދުވަހެއްގެ ޑެއިލީ ސެންސަސް ނެގުމަށްފަހު އެސްޓޭޝަން ތަކުން ކޮންމެދުވަހަކު ދެވޭޙިދުމަތްތަކުގެ މައުލޫމާތު އެގޭނެހެން ރިޕޯޓް ތައްޔާރުކުރުން
  7. ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންނަށް އެކި އެކި ޑިޕާޓްމަންޓްތަކުން ދެވޭ ޙިދުމަތްތަކުގެ ޑެއިލީ އެކްޓިވިޓީ ޝީޓް ( ޖިންސް ވަކިން )ނެގުމަށްފަހު މަންތްލީ ޝީޓަށް އެންޓަރކުރުން
  8. އެންޖަރީ ސަރވެލަންސް ރިޕޯޓް ތައްޔާރުކޮށް  މިނިސްޓްރީއަށް ފޮނުވުން ( 3 މަހުން) އަދި އެންޖަރީ ފޯމްތައް ފައިލްކޮށް ބެލެހެއްޓުން
  9. މެޑިކަލްރެކޯޑްސް އަށް ލިބޭ ޕްރިސްކްރިޕްޝަންތައް ސްކޭންކޮށް،އީ އާރ ޕްރިސްކްރިޕްޝަން، އޮބްޒަވޭޝަން ޝީޓްސް އަދި ޑައިލިސަސް ޝީޓްތަކުގެ އެންޓްރީ ބަލަހައްޓާ އާކައިވްކޮށް ބެލެހެއްޓުން.
  10. މެޑިކަލް ރިކޯޑްސްއާއި ގުޅުން ހުރި ކަންކަމުގައި ހޮސްޕިޓަލުގެ އެކިއެކި ސެކްޝަންތަކުންނާއި، މުވައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން އެދޭ ލިޔެކިޔުންތަށް ހޯދައި އެފަރާތްތަކަށް ހަވާލުކުރުން
  11. ހޮސްޕިޓަލުގައި ވިހާ އަދި މަރުވާ  މީހުންގެ މައުލޫމާތުތައް ރެކޯޑް ކުރެވި މިނިސްޓްރީން ދީފައިވާ ފޯމެޓާއި އެއްގޮތަށް ރިޕޯޓް ތައްޔާރު ކުރުމަށްފަހު،ސްކޭން ކޮޕީއާއި އެކު ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގެ އިތުރުން ސިޓީ ކައުންސިލް އަށް ފޮނުވުން އަދި ކޮޕީތައް ނަންބަރު ތަރުތީބުން ފައިލް ކުރުން.
  12. ދީފައިވާ ފޯމެޓާއި އެއްގޮތަށް ރިޕޯޓްތައްޔާރު ކުރުމަށްފަހު ކޮންމެ މަހެއްގެ 10 ގެ ކުރިން ފޮނުވަންޖެހޭތަންތަނަށް ފޮނުވުން. / ޕޯޓަލް މެދުވެރިކޮށް އަޅަން ޖެހޭއެއްޗެހި ކަޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެޅުން.( DHIS2,BIRTH DEFECT FORMS,DEATH FORMS, )
  13. ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންނާއި އެޑްމިޓްކޮށްގެން ފަރުވާދެވޭ ބަލިމީހުންގެ މަޢުލޫމާތުތައް އައި.ސީ.ޑީ (އިންޓަރނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް) އާއި އެއްގޮތަށް ކޯޑްކޮށް ކޮންމެ މަހެއް ނިމުމުން މިނިސްޓްރީއަށް ފޮނުވުން. ,އަދި MRD އަށް އަންނަ ހުރިހާ IP ފޯލްޑަރތައް ސްކޭން ކޮށް އާކައިވް ކުރުން.
  14. މެޑިކޯ ލީގަލް ރިޕޯޓް ފޯމް ލިބުމުން ފޯމްގައި ހުންނަންވާ ހުރިހާ މައުލޫމާތެއް ހުރިތޯ ބަލާ މައުލޫމާތުތައް ހަމައަށް ހުރިނަމަ އެންޓްރީކުރުމަށްފަހު ފައިލް ކުރުން އަދި މައުލޫމާތު ހަމަ ނޫންނަމަ މައުލޫމާތު ތައް ފުރިހަމަ ކުރުމަށްޓަކައި  ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައިގެން މައުލޫމާތުތައް ހަމަކޮށް އަލުންއަބުރާ އެލިޔުންތައް ހޯދުން.
  15. އެއްވެސް ފަރާތަކުން މެޑިކަލް ޑޮކިއުމަންޓްސް ބޭނުންވެގެން އެދިއްޖެނަމަ އެބޭނުންވާ މައުލޫމާތު ވީހާވެސް އަވަހަށް (ގިނަވެގެން ރަސްމީ ބަންދު ނުހިމެނޭ ގޮތަށް 3 ދުވަހުގެ ތެރޭގައި ) އެފަރާތްތަކަށް  ލިޔުމުން ޖަވާބު ދާރީވުން
  16. އެޗް އާރް އަދި ބެޑް ޑާޓާ ކޮންމެ 6 މަހަކުން މިނިސްޓްރީ އޮފް ހެލްތަށް ފޮނުވުން.

މަޤާމުގެ ޝަރުތު

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތާއިގުޅެ ތަޢުލިމީ ދާއިރާތައް

މެޑިކަލް ރިކޯޑްސް މެނޭޖްމަންޓް، ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޯލޮޖީ، ހެލްތް ރިސަރޗް، ހެލްތް އިންފޮމޭޝަން އެންޑް ރިސަރޗް، ހެލްތް ޑޭޓާ ސައިންސް، ހޮސްޕިޓަލް އިންފޮމޭޝަން މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް ހެލްތް މެނޭޖްމަންޓް، ހޮސްޕިޓަލް މެނޭޖްމަންޓް، ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން،ސްޓެޓިސްޓިކްސް، އިންފޮމޭޝަން މެނޭޖްމަންޓް، މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  7. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  8. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  9. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  10. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޮކްޓޯބަރ 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

18 އޮކްޓޫބަރު 2023
ހޯދާ