އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ށ.މިލަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓާބެހޭ

އިޢުލާނު

ޤާނޫނު ނަންބަރު 2008/11 "އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު" ގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6:00 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެކެވެ.

ވީމާ، 07 މާރިޗު 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ށ.މިލަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިޚާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް ޢަމަލެއް 06 މާރިޗު 2015 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 ން ފެށިގެން 08 މާރިޗު 2015 ވާ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކުރަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

11 ޖުމާދުލްއޫލާ 1436

03 މާރިޗު 2015
ހޯދާ