މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމަށް.

ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ   

މި އިންސްޓިޓިއުޓްގެ ނަންބަރު IUL)141-MNIS-A/1/2015/12)ފ(26 ފެބުރުވަރީ 2015) އިޢުލާނުގެ މުއްދަތު ހަމަވީއިރު، ކޯސްތަކުގައި ބައިވެރިވުމަށް އެކަށީގެންވާ ވަރަށް އެދިފައިނުވާތީ މި އިޢުލާންގެ މުއްދަތު އިތުރުކުރީމެވެ.  

ތިރީގައި މިވަނީ މޯލްޑިވްސް ނެޝެނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއިން މާރިޗު 2015 ގައި ހިންގުމަށް ހަމަޖެހިފައިވާ ދެ ކޯހުގެ މަޢުލޫމާތެވެ. މި ދެކޯހަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި އެކަށީގެންވާ ވަރަށް ކުދިން ފޯމު ހުށަހަޅާފައިނުވާތީ ކޯހަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމައަށް އިތުރުކޮށްފީމެވެ. އެހެންކަމުން ކޯހުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މާރިޗު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އާ ހަމައަށެވެ. ކޯހަށް އެދޭ ފޯމު މިއިންސްޓިޓިއުޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3326986 މިނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކޯހުގެ ނަން: ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް

މުއްދަތު:1 އަހަރު (2 ސެމިސްޓަރ)

ކޯސް ހިންގާނެ ތަން އަދި ޖާގަ:  މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓު ލެވެލް 4 ގެ ފާހެއް އޮތުން.

ކޯހުގެ ނަން: އެޑްވާންސްޑް ސެޓުފިކެޓު އިން ސްޕޯޓްސް މެނޭޖްމަންޓް

މުއްދަތު:1 އަހަރު (2 ސެމެސްޓަރ)

ކޯސް ހިންގާނެ ތަން އަދި ޖާގަ: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓު ލެވެލް 3 ގެ ފާހެއް އޮތުން.
10 ޖުމާދަލްއޫލާ 1436       
01 މާރިޗު 2015
ހޯދާ