ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރު އެކުލަވާލުމާގުޅޭ

އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރު އެކުލަވާލުމަށްކުރެވޭ އިޢުލާން

މަޤާމް:

އަގުކޮމެޓީގެ މެމްބަރު

ދަފްތަރުގެ މުއްދަތު:

ކޮމިޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު

މަސައްކަތްކުރަންޖެހޭ ތަން:

މިކޮމެޓީގެ މެންބަރުންނާ މަސައްކަތް ޙަވާލުކުރާނީ ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން

(ނޯޓް: އެހެން ރަށެއްގެ ކޯޓަކަށްވެސް މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އޮންނާނެ)

އުޖޫރަ އާއި ޢިނާޔަތްތައް:

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ)

(ނޯޓް: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) ދިނުމުގެ އިތުރަށް، ހުރުމާއި، ކެއުމާއި، ދަތުރުޚަރަދު އެ ކޯޓަކުން ހަމަޖައްސައިދޭނެ)

އަސާސީ ޝަރުޠު:

1-  ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން

2-  ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ

3-  ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މައިގަނޑު މަސައްކަތް:

ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން

މަސައްކަތް ޙަވާލުކުރުން:

ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއްގައި ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެންބަރަކާ މަސައްކަތް ހަވާލުކުރެވޭނެ

ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި:

1-  ފުރިހަމަކޮށްފައިވާ އަގު ކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް

2-  އައި.ޑީ ކާޑުގެ ކޮޕީ

3-  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(މި ކޯޓުގެ އީ-މެއިލަށް މެއިލް ކުރައްވާ ފޯމުތައް  ޕީ.ޑީ.އެފް (PDF) ފައިލެއްގެ ގޮތުގައި ފޮނުއްވުން އެދެމެވެ.)

ސުންގަޑި:

2023  އޮކްޓޯބަރ 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

މިކޯޓުގެ ނަންބަރު 6500143 ފޯނަށް ގުޅުއްވުން އެދެން.  
އީމެއިލް:  [email protected]  

18 އޮކްޓޯބަރ 2023

18 އޮކްޓޫބަރު 2023
ހޯދާ