އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވ. ތިނަދޫ ކައުންސިލްގެ ބައި-އިލެކްޝަން

އިޢުލާން

ވ. ތިނަދޫ ކައުންސިލްގެ ބައި-އިލެކްޝަން

ވ. ތިނަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2015 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު، 2015 ފެބްރުވަރީ 16 ވީ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2015 މާރިޗު 1 ވީ އާދީއްތަ ދުވަހުގެ ހަވީރު 3:00 ގެ ނިޔަލަށް ހުޅުވާލައި މިކޮމިޝަނުން ކޮށްފައިވާ ނަންބަރު:(A)CA-2015/26  (15 ފެބްރުވަރީ 2015) އިޢުލާނާ ގުޅިގެން، މި ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލި، ވ. ފެލިދޫ،  ޒަމާނީވިލާ، ޙަސަން ރަމީޒެވެ.

ވީމާ، ޤާނޫނު ނަންބަރު:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ވ. ތިނަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް،  ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލި، ވ. ފެލިދޫ، ޒަމާނީވިލާ، ޙަސަން ރަމީޒު  އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

11 ޖުމާދަލްއޫލާ  1436

02 މާރިޗު 2015
ހޯދާ