ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވުނު އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ އޮންލައިން ނަތީޖާ ދޫކުރުން

އިޢުލާން

2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވުނު އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ އޮންލައިން ނަތީޖާ ދޫކުރުން

2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވުނު އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ އޮންލައިން ނަތީޖާ 2015 މާރިޗު 5 ވަނަ ދުވަހުން ފެށިގެން 2015 މާރިޗު 12 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުންނާއި އެ ކެންޑިޑޭޓަކު އިމްތިޙާނުގައި ބައިވެރި ސެންޓަރަކުން ދޫކުރަމުން ގެންދާނެއެވެ. މިޑިޕާޓްމަންޓުން ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 14:30އަށެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ނަންގަވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި ޙަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑު ގެންނެވުން އެދެމެވެ.                      

2015 ޖަނަވަރީ އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ތެރެއިން، 2015 މޭ/ޖޫން އޭލެވެލް އިމްތިޙާނުގައި ބައިވެރިވެފައިވާ ޔުނިޓެއް ރިފަންޑު ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން 2015 މާރިޗު 12 ވަނަ ދުވަހުގެ 09:00 ގެ ކުރިން އެ ކެންޑިޑޭޓަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށް ހުށަހެޅުއްވުން އެދެމެވެ.

12 ޖުމާދަލްއޫލާ 1436

03 މާރިޗު 2015
ހޯދާ