ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމުގެ އަގު ކަނޑައެޅުން

ޤަވާއިދު ނަމްބަރު: 2022/R-181 ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާއިބެހޭ ޤަވާއިދުގެ (9) ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާގޮތުން އަމިއްލަ ކުރުމުގެ އަގު ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުން ކަމަށާއި، އަދި އަގު ކަނޑައެޅުމުގައި އެމާއްދާގެ (ބ) ގައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. މިގޮތުން ފެލިދޫން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމުގެ އަގު ކަނޑައެޅުމަށް 11 އޮކްޓޫބަރ 2023 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 27 ވަނަ އާއްމު ޖަލްސާއިން އަމިއްލަކުރުމުގެ އަގުގެގޮތުގައި ދައްކަންޖެހޭނީ ބިން ނުވަތަ ގޯތިން އަކަފޫޓަކަށް 150.00ރ. (ސަތޭކަ ފަންސާސްރުފިޔާ/-) ކަމުގައި ކަނޑައަޅައި، ފާސްކޮށްފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

16 އޮކްޓޫބަރު 2023
ހޯދާ