މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހަން ދަސްކޮށްދޭ ކޯސް.

މި ކޮމިޓީގެ ފަރާތުން  އަލިފުށީގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ފަހަން ދަސްކޮށްދޭ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސް ކުރިޔަށް ދާނީ 2023 ނޮވެމްބަރ 01 ފެށިގެން 01 (އެކެއް) މަސް ދުވަހުގެ މުއްދަތަށެވެ. ކޯހަށް ބޭނުންވާ ފޮތި ފިޔަވައި އެހެން ހުރިހާ ތަކެތި ކޯސްހިންގާ ފަރާތުން ފޯރުކޮށްދެވޭނެއެވެ. ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މަދުވެގެން 25 (ފަންސަވީސް) ބައިވެރިން ބައިވެރިވާނަމައެވެ.

 

  • ކޯހުގެ ފީ: -/2000 (ދެހާސް) ރުފިޔާ
  • ދަސްކޮށްދޭ ބައިތައް: މިންއަޅައިގެން ހެދުން ކެޑުން، ޓޮޕް، ބެލް، ދިގުހެދުން، ފަޓްލޫނު، ގަމީސް، ޓީޝާޓް، ކުޑަކުދިންގެ ޕާޓީހެދުން، އަބާޔާ އަދިވެސް އިތުރު ވައްތަރުގެ ހެދުން ފެހުން.

 

       ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 އޮކްޓޯބަރ 26 ވާ ބުރާސްފަތި  ދުވަހުގެ 14:00 ގެ ކުރިން އަލިފުށީ ކައުންސިލް އިދާރާއަށް ދުރުވެ ނަންނޯޓު ކުރެއްވުންއެދެމެވެ.

މި ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9148043 ނުވަތަ 9375352 އަށް ގުޅުއްވުން އެދެމެވެ.

16 އޮކްޓޫބަރު 2023
ހޯދާ