މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްގަސް ގަނެ އެ ސަރަހައްދުގެ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށް އަރާ ރުއްގަސް، ޝަރުޢީ ދާއިރާއިން ކަނޑައަޅާފައިވާ އަގުލިސްޓްގައިވާ އަގުތަކަށް ގަންނާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ރުއްގަސް ގަންނަ ފަރާތަކުން ގޯތިދޭ ސަރަހައްދު ސާފުކޮށް ބިން އެއްވަރުކޮށްދޭން ވާނެއެވެ. އަދި މި މަސައްކަތާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަކީ މަސައްކަތްކުރާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަސައްކަތާގުޅޭ މައުލޫމާތު ސާފުކުރައްވައި މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ބިޑުރަޖިސްޓަރީކުރާ ފޯމު ފުރިހަމަކޮށް 2023 އޮކްޓޫބަރު 22 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށްފަހު  2023 އޮކްޓޫބަރު 26 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

މި ކަމާ ގުޅިގެން 3 ޖުލައި 2023 ގައި ކުރެވިފައިވާ މި އިދާރާގެ ނަންބަރު (IUL)293/293/2023/39 އިޢުލާނަށް އިޖާބަދީ ބިޑު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށް ވެފައި އެފަރާތަށް އެ މަސައްކަތް ކުރެވެން ނެތުމުން  އެ އިއުލާނު ވަނީ ބާތިލުކުރެވިފައެވެ.

16 އޮކްޓޫބަރު 2023
ހޯދާ