މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ދިއްފުށި ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާ ސަރަޙައްދުގައިވާ ރުއްގަސްތައް ނަގާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުން

 

  1. މާލެއަތޮޅު ދިއްފުށި ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާ ސަރަޙައްދުގައިވާ ރުއްގަސްތައް ނަގާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (18/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ (19/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 16 އޮކްޓޯބަރ 2023ން ފެށިގެން އިއުލާނާއި އެކު އާންމުކުރެވި އަދި ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ.
  4. މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 23 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  5. ކޯޓޭޝަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 24 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00އެވެ. ކޯޓޭޝަން ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެގެންނެވެ.
16 އޮކްޓޫބަރު 2023
ހޯދާ