ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމު ކައްުންސިލަށް 02 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ޕިކަޕެއް ހޯދުން.

އިޢުލާން

ލ. ގަމު ކައްުންސިލަށް 02 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ޕިކަޕެއް ހޯދުން.  

ލ. ގަމުގެ ގޭބީސީތަކުގައި އުފެދޭ ކުނި އުކާލުމަށް  2 ނުވަތަ 3 ޓަނުގެ ޕިކަޕެއް 2 މަސްދުވަހުގެ މުއްދަތައް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތާވަލްގައިވާ ގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

1

ރަޖިސްޓްރީވުން

18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ބިޑް ރެޖިސްޓްރޭސަން ފޯރމް  ހިއްސާކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

2

މައުލޫމާތު ސާފުކުރުން

19 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް ޢިދާރާގެ ސެމިނަރ ރޫމްގައެވެ.

3

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

22 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ ގަމު ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. (ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.)

މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800766 އެވެ.  

15 އޮކްޓޯބަރ 2023

15 އޮކްޓޫބަރު 2023
ހޯދާ