ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ދޫޑިގަން އަވަށު ބެޑްމިންޓަން ހޯލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

  1. ފުވައްމުލައް ސިޓީ ދޫޑިގަން އަވަށު ބެޑްމިންޓަން ހޯލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)468-APS/468/2023/272 އަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީވެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 24 އޮކްޓޫބަރ 2023 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

 

  1. ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  25 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 11:30 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.
  2. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 26 އޮކްޓޫބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 26 އޮކްޓޫބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

  1. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 29 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.
16 އޮކްޓޫބަރު 2023
ހޯދާ