ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެވީވެހިކަލް ދުއްވުމުގެ ޢަމަލީ އިމްތިޙާން ދިނުމަށް އެގްޒަމިނަރެއް ހޯދުމަށް

އެއްގަމުގައި ދުއްވާ އިންޖީނުލީ ހެވީވެހިކަލް ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގްޒަމިނަރެއް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު: 1 ( އެކެއް )

ޝަރުތު: 

  • ހެވީވެހިކަލް D, E, V, V1 ކެޓެގަރީ ދުއްވުމުގެ ލައިސަންސް އޮތް މީހަކު ކަމުގައިވުން
  • މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން
  • ފާއިތުވި ތިން އަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.(3މަސް ހަމަނުވާ ޕޮލިސްރިޕޯޓް)
  • ދެ (2) އަހަރު ވެފައިވާ ހެވީވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.

އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާ ކޮންމެ އުޅަނދަކަށް -/50ރ (ފަންސާސް) ރުފިޔާ ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 29 އޮކްޓޫބަރު 2023  ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

16 އޮކްޓޫބަރު 2023
ހޯދާ