މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުންގެނެވޭ ތަކެތި ކްލިއަރ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް.

މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ސީފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެނެވޭ ތަކެތި ކްލިއަރ ކުރުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީގެ ނަންބަރު IUL)23-AP/1/2015/30)ފ(12 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ސީފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެނެވޭ ތަކެތި ކްލިއަރކުރުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމައްފަހު 19 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.           

12 ޖުމާދަލްއޫލާ 143

03 މާރިޗު 2015
ހޯދާ