އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންެގެ މަރުކަޒު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އދ. މަންދޫ ޒުވާނުންގެ މަރުކަޒު ގޯއްޗާއި ވަށައިގެންވާ މަގުތަކާއި އިމާރާތުގެ އެންމެހައި ތަންތަނާއި ކުޅިވަރުކުޅޭ ސާމާނު މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ކަމަކީ މިކައުންސިލްގެ ހަތަރުވަނަ ދައުރުގެ 53 ވަނަ ޢާންމު ޖަލްސާގައި ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އިޢުލާނުކުރެވިފައިވާ މަސައްކަތެކެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރު 2023 ވާ ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 24 އޮކްޓޯބަރު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު އިސްވެދެންނެވުނު މަޢުލޫމާތު ބައްދަލުވުމުގައި ލިބިލައްވާނެ ވާހަކަ ދަންނަަވަމެެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 24 އޮކްޓޯބަރު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

      ވީމާ، މިކަން ތިޔަ އެންމެހާ ފަރާތްތަކަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

16 އޮކްޓޫބަރު 2023
ހޯދާ