މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ލ.ގާދޫ، ލ.ފޮނަދޫ، ލ.ކައްދޫ، ލ.މާންދޫ، ލ.ގަން، ލ.ގަސްފިނޮޅު، ލ.މަހާކަންފުށި، ލ.ބަރެސްދޫ، ލ.އުވަދެވިފުށި، ލ.ކަޅައިދޫ، ލ.ބޮކައިފުށި އަދި ލ.މުންޑޫ ގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނާއި ގުޅޭގޮތުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 އޮކްޓޯބަރ 20 އިން 2023 އޮކްޓޯބަރ 30 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 06:00 އަށް  ލ.ގާދޫ، ލ.ފޮނަދޫ، ލ.ކައްދޫ، ލ.މާންދޫ، ލ.ގަން، ލ.ގަސްފިނޮޅު، ލ.މަހާކަންފުށި، ލ.ބަރެސްދޫ، ލ.އުވަދެވިފުށި، ލ.ކަޅައިދޫ، ލ.ބޮކައިފުށި އަދި ލ.މުންޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :            ޕައިރޯ ޓްކްނިކްސް

2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:      100 މީޓަރު

3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:     50  މީޓަރު

4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:      ސީ.ލެވެލް

5- ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން:            ލ.ގާދޫ، ލ.ފޮނަދޫ، ލ.ކައްދޫ، ލ.މާންދޫ، ލ.ގަން، ލ.ގަސްފިނޮޅު، ލ.މަހާކަންފުށި، ލ.ބަރެސްދޫ، ލ.އުވަދެވިފުށި، ލ.ކަޅައިދޫ، ލ.ބޮކައިފުށި އަދި ލ.މުންޑޫ އާއި ދިމާމަތި

     

16 އޮކްޓޫބަރު 2023
ހޯދާ