ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީ ގަބުރުސްތާން ކުރިމަތީގައިވާ މަގުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތް ހޯދުން

ގދ. ފޔޯރީގެ ލޭންޑް ޔޫސް ޕްލޭނުގައި ހިމެނިފައިވާ މަގުތައް ހެދުމުގެ މަސައްކަތް މި އިދާރާއިން ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގަބުރުސްތާން ކުރިމަތީގައިވާ މަގު (ހަތެފާތިޔެ ހިނގުން) ހެދުމަށްޓަކައި އެމަގުގައިވާ ރުއްތައް ކަނޑާލަންޖެހެއެވެ. އެގޮތުން މި މަގުގައި ހުރި އެންމެހާ ރުއްތަކުގައި މި އިދރާއިން ވަނީ ރީނދޫ ކުލައިގެ ސްޕްރޭ އިން 1-27 އަށް ނަންބަރ ޖަހާފައެވެ.

ވީމާ، ނަންބަރ ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތަކުން، އެ ފަރާތުގެ ރުއްގަހުގެ ނަންބަރު އެގޭނެހެން، 2023 އޮކްޓޯބަރ 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ރުއްތަކުގެ ބަދަލު ދެވޭނީ ޤާނޫން ނަންބަރ 98/21 އާއި އެއްގޮތަށް މި އިދާރާގެ ރުއްގަހުގެ ރަޖިސްޓްރީ ކުރެވިފައިވާ ނުވަތަ މިލްކްވެރިކަން ސާބިތުކުރެވިފައިވާ ލިޔުން ހުށަހެޅާފައިވާ ފަރާތްތަކަށެވެ.  

ވީމާ، މިކަން ޢާއްމުކޮށް އަންގުމަށްޓަކައި އިއުލާން ކުރީމެވެ.

 

15 އޮކްޓޯބަރ 2023

15 އޮކްޓޫބަރު 2023
ހޯދާ