އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ފޭދޫ އަވަށުގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ބައު ކާރުތައް ނެގުމަށް އެންގުން

އިޢުލާން

              މި އަވަށުގެ އެކި ސަރަޙައްދުތަކުގައި (ހުޅަނގުފަރާތު އޫރިދޫ އެންޓެނާ ކައިރީގައި އަދި ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުމަގު (ލިންކް ރޯޑް) ގައިވާ ކުޑަކުދިންގެ ޕާކް ކުރިމަތި) ބަހައްޓާފައިވާ ބައު ކާރުތަކުގެ ސަބަބުން އެސަރަޙައްދު ކުނިކަހައި ސާފުކުރުމުގައި ދަތިތަކާއި ދިމާވަމުންދާތީ، ޤަވާޢިދު ނަންބަރު 2019-R-984 "އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު" ގައި ވާގޮތުގެ މަތިން 15 ދުވަސްތެރޭގައި މި ތަކެތި ނެގުމަށް ދަންނަވަމެވެ.

              ވީމާ، މިއަދުންފެށިގެން 15 ދުވަހުގެ ތެރޭގައި މިސަރަޙައްދުތަކުގައި ބަހައްޓާފައިވާ ބައު ކާރުތައް މިސަރަހައްދުން ނަގައި ބިން ސާފުކުރުމަށް އެތަކެތީގެ ވެރި ފަރާތްތަކަށް އަންގާ އިޢުލާން ކުރީމެވެ.

27 ރަބީޢުލްއައްވަލް 1445

12 އޮކްޓޫބަރު 2023

12 އޮކްޓޫބަރު 2023
ހޯދާ