މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓޭންޓް ސްޓިލްގެ މުއްދަތު އާންމު ކުރުން

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ

 

 

މަސްޖިދުލް ޛިކްރާ ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރާ ފަރާތް އާންމުކުރުން

 

ކ.ދިއްފުށީ މަސްޖިދުލް ޛިކްރާ ފޮޅާ ސާފުކޮށް ބަލަހައްޓައި ދިނުމަށް 18 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ކުރެވިފައިވާ ނަމްބަރު: (IUL)332-MS/332/2023/106 އިއުލާނާއި ގުޅިގެން ހުށަހެޅުނު ބިޑް ހުށަހަޅާފައިވަނީ 05 (ފަސް) ފަރާތަކުންނެވެ. ހުށަހެޅިފައިވާ ބިޑްތައް، މާލިއްޔަތު ޤަވައިދުގައިވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމެޓީން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، ކ.ދިއްފުށީ މަސްޖިދުލް ޛިކްރާ ފޮޅާ ސާފުކޮށް ބަލަހެއްޓުމުގެ މަސައްކަތް ފީރޯޒު ވާދީ އާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް-ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް-ސްޓިލް މުއްދަތު ތެރޭގައި،

  • ބިޑު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތަކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

 1.     ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

ފީރޯޒު ވާދީ

ހުށަހަޅާފައިވާ އަގު:-

252،000.00ރ (ދެލައްކަ ފަންސާސް ދެހާސް ރުފިޔާ)

މުއްދަތު

1 އަހަރު

  

 

   ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 19 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.

 

 

 

 

އީ.މެއިލް :  [email protected]

ފޯން ނަންބަރު :- 6640071

 12 އޮކްޓޯބަރ 2023

 

12 އޮކްޓޫބަރު 2023
ހޯދާ