ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
ކޯޗެސް ކޮމިޝަން އަދި ރެފްރީސް ކޮމިޝަން އެކުލަވާލުން

މިއެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގެ 10.1 ވަނަ މާއްދާ އަދި 10.2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޗެސް ކޮމިޓީ އަދި ރެފްރީސް ކޮމިޓީއެކުލަވާލުމަށްޓަކައި ބޭއްވޭ އިންތިހާބު 13 އަދި 14 އޮކްޓޯބަރ 2023 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވީ ނަމަވެސް ކޮމިޝަންތަކަށް ކުރިމަތިލައިފައިވާ ފަރާތްތަކަށް ކެމްޕެއިންކުރުމަށް އެކަށީގެންވާ މުއްދަތެއް ދިނުމުގެ ގޮތުން، މި އިންތިޙާބް 31 އޮކްޓޯބަރ 2023 ވަނަ ދުވަހުގައި ބޭއްވުމަށް މި އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީއިން ނިންމާފައިވާކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކޮމިޝަންތަކުގެ މަޤާމްތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެ ލިސްޓާއި އަދި ވޯޓް ލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ފަހުގެ ތާރީހެއްގައި އިއުލާންކުރެވިގެން ދާނެކަންވެސް އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަން ގެ ނަންބަރ 7779140 އާއި ގުޅުއްވުން އެދެމެވެ.

12 އޮކްޓޫބަރު 2023
ހޯދާ