ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 'ގްރެޖްއޭޝަން 2015' ފޮޓޯ ނެގުމާބެހޭ

2015 މާރިޗު 26 ގައި އޮންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ފޮޓޯ ނެގުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި ރަސްމިއްޔާތުގެ ފޮޓޯ ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 8 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު މި ފެކަލްޓީ (ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ޖީބްލޮކް، މއ. ނިކަގަސްމަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

ފޮޓޯނެގުމާ ބެހޭގޮތުން ކުރެވުނު މި ފެކަލްޓީގެ ނަންބަރު 2015/01/FSL-153 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލު ކުރެވިފައިވާހަކަ ދަންނަވަމެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ