ދިވެހިރާއްޖެ
މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މިކޯޓުގެ ބައެއް ދޮރުތައް ނަގައި އެތަންތަންބައްދައި އަދި ބައެއް ދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި އިޢުލާން (ނަންބަރު: K6C-A/2023/06) އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ މަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 24 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 24 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މިކޯޓުގެ އީ މެއިލް ) (Email: [email protected] އަށެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ 05 ނޮވެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޯޓަށެވެ. މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުންވެސް އަންދާސީ ހިސާބު ހުށަހަޅަންވާނީ ކަނޑައެޅިފައިވާ ގަޑިއަށް ކޯޓަށް ހާޟިރުވެގެންނެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.