ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމާއި ބެހޭ

އިޢުލާން

 

އިންވިޖިލޭޓަރުން ހޯދުމާއިބެހޭ

 

މިސެންޓަރުގެ 2023 ވަނައަހަރުގެ އޮކްޓޯބަރ މަހުގައި ބާއްވާ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާންގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ އޯލެވެލް ފެންވަރު މީހުން ހޯދަން ބޭނުންވެއެވެ. އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އުޖޫރަ އެއްގޮތުގައި ދިނުމަށް ހަމަ ޖެހިފައިިވަނީ އިންވިޖިލޭޓް ކުރައްވާ ކޮންމެ ސެޝަންއަކަށް 200 ރުފިޔާއެވެ. އިންވިޖިލޭޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަށް ތިރީގައި މިވަނީއެވެ.

 

  1. ދިވެހި ރައްޔިތަކަށްވުން
  2. އުމުރުން 18 އަހަރުފުރިފައިވާ މީހަކަށްވުން
  3. ޖީ.ސީ.އީ އޯލެވެލް ފެންވަރަށް އިނގިރޭސިބަސް އެނގޭ މީހަކަށްވުން
  4. އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހަކު ކަމުގައިވުން
  5. އިންވިޖިލޭޓަރުންގެ އިޤުރާރުގައި ސޮއިކޮަށްފައިވާ މީހަކު ކަމުގައިވުން
  6. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން
  7. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާން ކުރާ މީހަކު ނުވުން

(މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު / އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް)

 

ވީމާ، މަތީގައިވާ ޝަރުތުތައް ފުރިހަމަ ވާ މިކަމަށް ޝައުގެވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން އައިޑީ ކާރޑް ކޮޕީ ، ބޭންކް އެކައުންޓް ނަންބަރު އިނގޭ ލިޔުމެއްގެ އިތުރުން ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީއަކާއެކު މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް އިން ނަމަ [email protected] މެއިލް ކޮށްދެއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމު މިސެންޓަރުގެ ކައުންޓަރުންނާއި މިސެންޓަރުގެ ވެބްސައިޓް (www.chse.edu.mv) އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. 

 

 

27 ރަބީޢުލްއައްވަލް   1445

12    އޮކްޓޯބަރ    2023

12 އޮކްޓޫބަރު 2023
ހޯދާ