ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނުގައި ޚަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން

އިޢުލާން

ހއ.ތުރާކުނުގައި ޚަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން

       މަދަނީ ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެދަފަ މަސައްކަތްތަކަށް ކައުންސިލްގެ ފަރާތުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއިއެކު ޤައުމީ ތަރައްޤީގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކުރުމުގެ މަޤްޞަދުގައި ޖަމްޢިއްޔާ ޖަމާޢަތްތައް ބާރުވެރިކުރުމަށް މި ކައުންސިލުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 97 ވަނަ ޢާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ. އެގޮތުން މިއަހަރު މަދަނީ ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ކުދި ތަރައްޤީގެ ޕްރޮގްރާމްތައް (ސްމޯލް ގްރާންޓް) ކެޓަގަރީގެ ޕްރޮފޯސަލްތަކަށެވެ.   

       ވީމާ، މިކަމަށް ޝައުގުވެރިވާ، ހއ.ތުރާކުނުގައި ޚަރަކާތްތެރިވާ މަދަނީ ޖަމްޢިޔާތަކުން 2023 އޮކްޓޯބަރ 31 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހއ.ތުރާކުނުގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުޞޫލް އަދި ޕްރޮޕޯސަލް ހުށަހަޅާނެ ގޮތުގެ ނަމޫނާ މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

       މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 އޮކްޓޫބަރު 2023
ހޯދާ