އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ގަޑިއަށް ބަދަލުއައުން

(IUL)38-BC/38/2023/454 :ނަންބަރު​

 

އިޢުލާން

އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ގަޑިއަށް ބަދަލުއައުން

2023  އޮކްޓޫބަރު 15 އިން 2023 އޮކްޓޫބަރު 26 ގެ ނިޔަލަށް އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ގަޑިއަށް ބަދަލުއައުމާއި ގުޅިގެން މިކޮމިޝަނުގެ ރިސެޕްޝަން ހުޅުވިފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަމުގައި ދެންނެވީމެވެ.

އަދި މިކޮމިޝަނުގެ ނަންބަރު (IUL)38-DC/38/2023/449 އިޢުލާނާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2023 އޮކްޓޫބަރު 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލެވިފައި ވީނަމަވެސް، ރިސެޕްޝަން ހުޅުވިފައިހުންނާނީ މަތީގައި ބަޔާންކޮށްފައިވާ ގަޑިތަކާ އެއްގޮތަށް ކަމުގައި ދެންނެވީމެވެ.

މި މުއްދަތުގައި ޢާންމު ފާރާތްތަކަށް ޚިދުމަތްދެމުން ގެންދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. އިސްވެ ދެންނެވުނުގޮތަށް އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު އައިނަމަވެސް ކޮމިޝަނުގެ އީ-މެއިލް [email protected]  އަދި އީ-ގަވަރމެންޓް (ޖެމްސް) މެދުވެރިކޮށް ލިޔެކިޔުން ފޮނުވޭނެކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

12 އޮކްޓޫބަރު 2023

 

 

12 އޮކްޓޫބަރު 2023
ހޯދާ