ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމިޓީގެ ދަފްތަރު އެކުލަވާލުމާއި ބެހޭ

ޝަރުޢީ އަގުކޮމިޓީގެ ދަފްތަރު އެކުލަވާލުމާއި ބެހޭ

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ އެކިއެކި މައްސަލަތަކާ ގުޅިގެން ގޯތި ގެދޮރާއި އެހެންވެސް ތަންތަނާއި ތަކެތި އަގުކުރުމަށް ބޭނުންވާތީ އެފަދަ ތަންތަނާއި ތަކެތި އަގުކޮށްދޭނެ ފަރާތްތައް ޢައްޔަންކޮށް އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

އަގުކުރާ ތަންތަނާއި ތަކެތީގެ ތެރޭގައި ރޭނުމާއި ވަޑާންކުރުމާއި، ފެންވައިރިންގ ކުރުމާއި، އަތްކަންކުރުމާއި، ކަރަންޓް ވައިރިންކުރުމާއި، އިލެކްޓޯރނިކްސް މަސައްކަތްކުރުމާއި، ރެފްރިޖަރޭޝަނާއި، އެއަރ ކޮންޑިޝަންގެ މަސައްކަތްކުރުން ފަދަ ކަންކަން ހިމެނޭތީ، މީގެ ތެރެއިން އެމީހަކު ފަންނުވެރިވެފައިވާ ކަމެއް ބަޔާންކޮށް އެކަމެއްގެ ތަމްރީނު ހޯދާފައިވާ މީހެއްނަމަ ލިބިފައިވާ ސެޓްފިކެޓުގެ ކޮޕީއެއް ހުށަހެޅުއްވުން ވެސް އެދެމެވެ.

އަގު ކޮމިޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރެވޭނީ އޭގެ ތެރެއިން އެވަގުތަކު ކުރަން ބޭނުންވާ ކަމަކާއި ގުޅޭގޮތުން އެންމެ ބޮޑަށް މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ.

  • ޝަރުޠު:ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން.

 

  • އަގުކޮމިޓީގެ މުއްދަތު: ދަފްތަރުގައި މެންބަރުން ހިމެނުމަށް ހަމަޖެހިފައިވަނީ 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
  • މަސައްކަތުގެ އުޖޫރަ: އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) ދެވޭނެއެވެ.
  • ·         ހުށަހަޅަންޖެހޭ ތަކެތި:

-       އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށްއެދި ހުށަހަޅާ ސިޓީ.

-       އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޑްރައިވިން ލައިސަންސް ކާޑުގެ ކޮޕީ.

-       ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

-       ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

 

ވީމާ، މި ކޯޓުގެ އަގުކޮމިޓީގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 18 އޮކްޓޫބަރު 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އިސްވެ ދެންނެވުނު ލިޔުންތަކާއި އެކު މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

12 އޮކްޓޫބަރު 2023
ހޯދާ