މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ސްޓްރިންގަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސްޓްރިންގަރ

ބޭނުންވާ އަދަދު:

07

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން  މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގެ ތިން މާއްދާއިން ފާސްވެފައިވުން، ނުވަތަ ބްރޯޑްކާސްޓިންގ ޖާނަލިޒަމާ ބެހޭ ބޭސިކް ތަމްރީނު ކޯހެއް ފުރިހަމަކޮށް މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

އެމްބީސީގެ ޤާނޫނާއި ސިޔާސަތުތަކާއި އެޑިޓޯރިއަލް ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެމަތިން މިކޯޕަރޭޝަނުން ކޮންޓެންޓް އުފައްދާ އެކި މީޑިއަމްތަކަށް ބޭނުންވާނޭ ވީޑިއޯއާއި، ފޮޓޯ އަދި ޚަބަރާއި ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވާ ހުށަހަޅައި ދިނުމެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

އެއަތޮޅެއްގެ ވެރިކަންކުރާ ރަށުގައި 1 ސްޓްރިންގަރ. (އއ.ރަސްދޫ، އދ.މަހިބަދޫ، ޅ.ނައިފަރު، ވ.ފެލިދޫ، ނ.މަނަދޫ، ފ.ނިލަންދޫ ގއ.ވިލިނގިލި)

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މީހުން ހޮވުމުގައި، މިދާއިރާގައި ހިދުމަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރަށް ބެލޭނެއެވެ. އަދި ވެރިކަން ކުރާ ރަށަށް ނިސްބަތްވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ:

މަހަކު -/3،000 ރުފިޔާ

8 ޚަބަރަށްވުރެ އިތުރަށްހަދާ ކޮންމެ ޚަބަރަކަށް:

-/150 ރުފިޔާގެ ރޭޓުން އިތުރަށްފައިސާ ދެވޭނެއެވެ.

 

ޚަބަރު ކަވަރ ކުރުމުގައި އަތޮޅު ތެރޭގައި ހަރަކާތްތެރިވުން:

ކަނޑައެޅިފައިވާ އުސޫލުން އެކޮމޮޑޭޝަން، ދަތުރު ފަތުރު އަދި ކެއުމުގެ ޚަރަދު ދެވޭނެއެވެ. އިންޓަރނެޓް އަދި ފޯނު އެލަވަންސް ކަނޑައެޅިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

2015 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ / 3000284، 3000210 ނަންބަރު ފޯނާއެވެ.

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015
ހޯދާ