ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

                  މިއީ ގދ.ގައްދޫ ހަކަތަ ގެއާއި ދިމާލަށް ގައްދޫ އިރުފުހޭގޯޅި ( އަމާނާތު މިސްކިތުގެ ހުޅަނގު) ދެކުނަށް އޮތް ހުސްބިމުން 1500 (އެއްހާސް ފަސްސަތޭކަ) އަކަފޫޓްގެ ބިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ހިންގުމަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ކުރެވުނު އިޢުލާނާއި ގުޅިގެން މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ހުޅުވާލަމެވެ.

                   ވީމާ، މިބިމުގައި އެހެނިހެން ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 31 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 00:12 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

    11 އޮކްޓޯބަރ 2023                                                   

11 އޮކްޓޫބަރު 2023
ހޯދާ