ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ސްޓްރީޓް ލައިޓް އާއި ގުޅޭ

  1. ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ސްޓްރީޓް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް

 

-           100* ސްޓްރީޓް ލައިޓް (150W)

-          200* ސްޓްރީޓް ލައިޓް (100W)

 

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

 

  1. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  ގެޒެޓުގައި އިޢުލާން ކުރެވިފައިވާނެއެވެ.

 

  1. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 22 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 22 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

  1. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 24 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
11 އޮކްޓޫބަރު 2023
ހޯދާ