ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ޑިރެކްޓަރ

ރޭންކް/ކްލެސިފިކޭޝަން

ޑިރެކްޓަރ /EX 1

ސަރވިސް

އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓަރސް

ޑިޕާޓްމަންޓް / ސެކްޝަން

ޑިޒާސްޓަރ ޕްރިޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން

ބޭނުންވާ އަދަދު

1

މުސާރަ

-/8،835 ރުފިޔާ

ސަރވިސް އެލަވަންސް

-/2،000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ    

ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  • މިސެންޓަރުގެ ޑިރެކްޓަރުގެ ހައިސިއްޔަތުން ޑިޒާސްޓަރ ޕްރިޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން ސެކްޝަންގެ ހިންގުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން މުވައްޒަފުންގެ ކަންކަން ބެލެހެއްޓުން.
  • ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާތަކަށް ތައްޔާރުވުމަށްޓަކައި މިސެންޓަރުން ހިންގާ އެންމެހައި ޕްރޮގްރާމްތައް ވެރިންގެ އިރުޝާދާ އެއްގޮތަށް ރާވައި ހިންގައި ބެލެހެއްޓުން.
  • މިދާއިރާގެ ޕްލޭންތަކާއި، އޮނިގަނޑުތަކާއި، ގައިޑްލައިންތައް ތައްޔާރުކުރުމާއި ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސާތަކަށް ތައްޔާރުވެ ތިބުމަށް އަޅާނެ ފިޔަވަޅުތައް އެކުލަވާލުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

16 މާރިޗު 2015 ވާ ހޯމަ ދުވަހު 15:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ، މާލެ / ރިހިޖެހިކޮށި.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ).
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތު އަޚުލާޤު
  • މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
  • ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މަޢުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު.

އިންޓަވިއު ކުރުން

މިމަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނާނީ 19 މާރިޗު 2015 ދުވަހުން ފެށިގެން މިސެންޓަރުގައެވެ. އަދި އިންޓަރވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ.

ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

މި މަޤާމުތަކުގައި ވަޒީފާ އަދާކުރާމުވައްޒަފުން އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333416 ނަންބަރު ފޯނާއެވެ.

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015
ހޯދާ