މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސުޕަވައިޒަރ

މި މިނިސްޓްރީގެ ދަށުން ހިނގާ އާންމު ޚިދުމަތްތަކާބެހޭ ބައިގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރުމަށް ވޭޖް އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން "ސުޕަވައިޒަރ" މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

މުއްދަތު

މަސައްކަތް ކުރަން ހަމަޖެހިފައިވާ ވަގުތު

މުސާރަ

ބޭނުންވާ އަދަދު

03 މަސް ދުވަހަށް

ދުވާލަކު 7 ގަޑިއިރު، ހަފްތާއަކު 6 ދުވަހު

ދުވާލަކަށް -/250 ރުފިޔާ

10

ފެންވަރު ނުވަތަ ޝަރުޠު                      

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ލިޔަން ކިޔަން ދަތުން.
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރިކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.

މަސައްކަތްތައް:

  • މާލެތެރެ ކުނިކަހާ ސާފުކުރުވުން.
  • އާންމު ގޭގެޔާއި އޮފީސް، ކުންފުނި ފަދަ ތަންތަނުން ކުނި ނެގުމުގެ މަސައްކަތް ކުރުވުން.
  • ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރުވުން.
  • މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރުވުން.
  • ބާޒާރުމަތި ބެލެހެއްޓުން.
  • ޕާކިންޒޯން ފާހަގަ ކުރުމާއި ޓްރެފިކް ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުވުން.
  • ފަޅުތެރެ ސާފުކުރުމާއި ފައްތިޔާ ދޫކުރުމުގެ މަސައްކަތް ކުރުވުން.

ވަޒީފާ ދިނުމުގައި އިސްކަންދެވޭނެ ކަންތައް:

  • ގިނަ ވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން.
  • ރަނގަޅު ސިއްޙަތެއް ހުރި މީހެއް ކަމުގައިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004340، 3004341 އަށް ގުޅުއްވުން އެދެމެވެ.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ފޮނުއްވުން އެދެމެވެ. 
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަރވިއު ބޭއްވޭނެ މުއްދަތު:

މާރިޗު 2015 މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

12 ޖުމާދަލްއޫލާ 1436
03 މާރިޗު 2015
ހޯދާ