ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދޫ ބަނދަރު ބެލެހެއްޓުމާއިބެހޭ ޤަވައިދަށް އަމަލުކުރުން

ގަވާއިދު ނަމްބަރު: 2013/R-1453 ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދުގެ (3) ވަނަ މާއްދާގެ (ނ) އާއި (4) މާއްދާގައިވާގޮތުގެ މަތިން ބަނދަރު ސަރަހައްދުގައި އުޅަނދުފަހަރު އަޅާ ސަރަހައްދުތައް ކަނޑައަޅައި އޮޑިދޯނިފަހަރުގެ ވެރިފަރާތްތަކާއި ބައްދަލުކޮށް ހިއްޞާކޮށް އެގަވާއިދާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ ދަންނަވާފައެވެ. އަދި އެގަވާއިދުގެ (11) ވަނަ މާއްދާގެ (ހ) އަދި (ބ) ގައިވާގޮތުގެ މަތިން ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި ވަކި އެއްވެސް އުޅަނދެއް އަޅާފައި ނުބޭއްވޭނެކަމަށާއި، އަދި ވަކި އުޅަނދަކަށް ވަކި ސަރަހައްދެއް ޚާއްޞަކުރެވިފައި ނުބޭއްވޭނެކަންވެސް ވާނީ ދަންނަވާފައެވެ.

ވީމާ، މިއަދުން ފެށިގެން 15 ދުވަސްތެރޭގައި "ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދު" (3) ވަނަ މާއްދާގެ (ނ) އާއި (4) މާއްދާގައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އުޅަނދުތައް ބަދަލުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މިކަމަކީ ބަނދަރަށް ބޭނުންކުރާ ހުރިހާ ފަރާތްތަކަށާއި ބަނދަރަށް ވަދެނިކުމެ ހަދާ ރަށުން ބޭރު އުޅަނދު ފަހަރަށްވެސް ވަރަށްބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަކަށްވާތީ، މިކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުން ދެއްވުމަކީ މިކައުންސިލުން ވަރަށް އެދޭކަމެއްކަމުގައި ދަންނަވަމެވެ.

މިދެންނެވިގޮތާއި ހިލާފަށް އަދި "ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދު" އާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއިމެދު ގަވާއިދުގެ (24) ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެ ވާހަކަދަންނަވަމެވެ.

10 އޮކްޓޫބަރު 2023
ހޯދާ