ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
12 ލައިޓް ޕޯސްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު:  

 މި އިދާރާއިން ދީފައިވާ ކުރެހުމާއި އެއްގޮތައް އަމިއްލަ ތަކެތީގައި 12 ލައިޓް ޕޯސްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.

  •    މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  • ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 09 އޮކްޓޯބަރ 2023 އިން 15 އޮކްޓޯބަރ 2023 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 11:30އަށް މިއިދާރާއަށް ދުރުވެ ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
  • އޮންލައިންކޮށް ފައިސާ ދައްކަވައިގެން ރަޖިސްޓަރ ވާނަމަ، މި އިދާރާގެ އެކައުންޓަށް ޓްރާންފަރ ކުރެވޭނެއެވެ. އަދި ޓްރާންސްފަރ ކުރި ސްލިޕް ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 10:00ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 23 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

- އެކައުންޓް ނަންބަރު: 7730000135156

- އެކައުންޓް ނަން: 1430 Revenue 1

- ފޯން : 9781899

- އީމެއިލް: [email protected]

  

08 އޮކްޓޫބަރު 2023
ހޯދާ