މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް

އިޢުލާން

ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް

           20 ފެބްރުއަރީ 2023 ގައި ކުރެވުނު ޢިއުލާނާއި ގުޅިގެން 288 ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މިއިޢުލާނާއެކު އާންމުކުރީމެވެ. އަދި ގޯތި ދިނުމުގެ އިޢުލާންގައިވާ ގޮތުގެމަތިން މިލިސްޓްގައި ޝަރުތު ހަމަނުވާ ފަރާތްތައްވެސް ފާހަގަކުރެވިފާ ވާނެއެވެ.

          ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 24 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އަށް ހުޅުވާލެވިފައިވާތީ، ލިޔުމަކުން ނުވަތަ މެއިލްގެ ޒަރިއްޔާއިން ތަފްސީލްކޮށް ޝަކުވާ ބަޔާންކޮށް ހުށަހެޅުއްވުން އެދެމެވެ.

          މިމުއްދަތު ހަމަވުމުން ހުށަހެޅޭ ޝަކުވާތައްބަލާ އުސޫލުގައިވާގޮތުގެ މަތިން އަމަލުކޮށް ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރެވޭނެއެވެ.

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އޮކްޓޫބަރު 2023
ހޯދާ